Posts

Showing posts from 2020

ކަނު ލޯބި

(ތަރުޖަމާއެއް) މިއީ އިންޓަނެޓުގައި ދައުރުވަމުންދާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ވާހަކަ ލިޔުނު މީހެއް އަޅުގަނޑަކަށް ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ. އިންޓަރނެޓުން އެކި ފަހަރު އެކި ގޮތަށް މި ވާހަކަ ފެނިފައި ވާތީ، ތަރުޖަމާ ކުރި އިރު، އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ވާހަކައަށް ބަދަލު ގެނެސްފައިވާނެއެވެ. އެކަމަކު ވާހަކައިގެ އަސްލަކަށް މާ ބޮޑު ބަދަލެއް ނުގެންނަމެވެ. *********************   ފަރާއަކީ ލޯ އަނދިރި އަންހެން ކުއްޖެކެވެ. މާ ރީތި ކުއްޖެއްކަމަށް މީހުން ކިޔާ ކުއްޖެއް ނޫނެވެ. އޭނާގެ ޚަޞީލަތް ވެސް ގޯސްކަމުން ތޯއްޗެކެވެ. ލޮލަށް ނުފެންނާތީ އޭނާ ހުންނަނީ މުޅި ދުނިޔެ ދެކެވެސް ރުޅިއައިސްފައި ކަހަލައެވެ. އޭނާ ދަންނަ އެންމެން ދެކެވެސް އޭނާ ރުޅިއާދެއެވެ. އެ އެންމެންނާ ވެސް އޭނާ ހަސަދަވެރިވެއެވެ. އޭނާގެ ހިތަށް އަރައެވެ. "އެމީހުންނަށް ފެންނަންވީ ވަކި ކީއްވެގެންހެއްޔެވެ؟ ކިހައި ބޭއިންސާފު ގޮތެއް ހެއްޔެވެ؟" ކޮންމެއަކަސް، ފަރާއަށް ހަމްދަރުދީވެ، އޭނާ ދެކެ އިންތިހާއަށް ލޯބިވާ ފިރިހެން ކުއްޖަކު އުޅެއެވެ. އެއީ ޖިނާޙެވެ. އެއް ދުވަހަކު ޖިނާޙު ފަރާގެ ގާތަށް ގޮސް ބުން

ހައްތަހައި ވެސް ފިލާވަޅު

Image
           ތޯމަސް އަލްވާ އެޑިސަންއަކީ އެމެރިކާއަށް ނިސްބަތްވި މަޝްހޫރު އީޖާދުވެރިއެކެވެ. އޭނާ އީޖާދުކުރި އެއްޗެހި ބައިވަރެވެ. "ފޯނޯގްރާފް"އާއި "މޯޝަން ކެމެރާ" ވެސް އީޖާދުކުރީ އޭނާއެވެ. ތިޔަ ކުދީން ތަންތަން އަލިކުރަން ތިޔަ ދިއްލާ ބޮކި ވެސް އީޖާދުކުރީ އޭނާއެވެ. ބޮކި އީޖާދުކުރަން އޭނާ ކުރި މަސައްކަތުގެ ތެރޭގައި، އެކި ކަހަލަ މައުދަނުން ނަރު ހަދައިގެން ބޮކީގެ "ފިލަމެންޓް"ގެ ގޮތުގައި ބޭނުންކޮށްގެން، ބޮކި ދިއްލޭތޯ އޭނާ ވަރަށް ދުވަސްވާންދެން މަސައްކަތްކުރިއެވެ. އޭނާ ހިތްހަމަޖެހޭ ވަރުގެ އަލިކަމެއް ބޮކިން ލިބުނީ އެކަމަށްޓަކައި އެތައް ދުވަހެއް ވާންދެން ކުރި ބުރަ މަސައްކަތުންނެވެ. މި ކުރި މަސައްކަތުގައި ދެ ހާހެއްހައި މައުދަން ޓެސްޓުކުރެވުނު އިރު ވެސް، އޭގެ ތެރެއިން އެއްވެސް އެއްޗެއް އެހައި ރަނގަޅަކަށް މަސައްކަތެއް ނުކުރިއެވެ. ނަމަވެސް އޭނާ ފޫއްސެއް ނުވެއެވެ. މަސައްކަތް ހުއްޓައެއް ނުލައެވެ.              އެޑިސަން މި ގޮތުގައި މަސައްކަތްކުރަމުން ގެންދަނިކޮށް، އޭނާގެ އެހީތެރިޔާ ވަރުބަލިވެގެން، ފޫހިވެގެން، ޝަކުވާގެ ރާގުގައި ބުނިކަމަށްވެއެވެ. "މިއީ ދެން ކިހައި ދެރަ